ފޮޓޯއިން ހަބަރު: ހިޔާ ފްލެތުތައް

ޖުމްލަ 7،000 މީހުންގެ އަބާދީއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫއަކީ މިހާތަނަށް ދިވެހިރައްޖޭގައި ހިންގި އެންމެ ބޮޑު ހައުސިން ޕްރޮޖެ.

ހިޔާ މަޝްރޫގެ ދަށުން އަޅާނީ 7،000 ފުލެޓު ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރުނު ނަމަވެސް، އަޅަމުން އަންނަނީ 6860 ފްލެޓް ކަމަށް އެޗްޑީސީން ބުނޭ.

މި މަޝްރޫގެ އިންތިޒާރުގާ އެތައް ބަޔަކު އެބަތިބި. ކުރީގެ ސަރުކާރު ނިމި އައު ސަރުކާރު ހުވާ ކުރިއިރު ވެސް ބައެއް މީހުން ތިބީ ހައުސިން މިނިސްޓްރީ ދޮށުގައި ފްލެޓް ހޯދަން ކިއު ޖެހިގެން.

އެޗްޑީސީން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ހިޔާ ފްލެޓްތަކުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު ނޫސްވެރިންނަށް ދައްކާލާފަ. އެތައް ބަޔަކު ހީކޮށްގެން ތިބި ގޮތާ ހިލާފަށް އެޕާޓްމަންޓުތަކުގެ ސައިޒު ކުޑަކަމުން ބައެއް މީހުން ޝަކުވާ ކުރި.

ފްލެޓްތުގެ އެޕާޓުމަންޓުތަކުގެ އަގު 11،000 ރުފިޔާއަށް އެރުން އެކަށީގެންވޭ. ނަމަވެސް އެޗްޑީސީން ބުނަނީ ހިޔާ ފްލެޓްތަކުގެ އަގު ކަނޑައަޅާނީ ސަރުކާރާއެކު މަޝްވަަރާ ކުރުމަށްފަހު ކަމަށެވެ.

އިމާރާތްތަކުގައި ލިފްޓުގެ އަދަދު މަދު ކަމުން އެ އިމާރާތްތަކުގައި ދިރިއުޅެންް ދަތިވެދާނެކަމަށް ބައެއް މީހުން ދެކޭ.

ހުޅުމާލޭ ގެ ދެވަނަ ފޭސްގެ ގިނަ މަގުތައް ވެސް މިހާރު ވަނީ ތާރު އަޅައި ނިންމާފަ. އަންނަ އަހަރު ކުރީކޮޅު ފްލެޓްތަކަށް މީހުންނަށް ވަދެވޭނެކަމަށް އެޗްޑީސީން ބުނޭ.

ކިޔުންތެރިންގެ ހިޔާލު