ބްރޮޑްކޮމް މެމްބަރު ސޮފްވާން އިސްތިއުފާގެ ސިޓީ ފޮނުއްވީ ނުބައި ބޭފުޅަކަށް

ބްރޮޑް ކާސްޓިން ކޮމިޝަނުގެ މެމްބރު ސޮފްވާން ފޮޓޯގެ މެދުގަ: ފޮޓޯ ރައީސް އޮފީސް

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރު އިސްމާއިލް ސަފްވާން މަގާމުން އިސްތިއުފާ ދެއްވަން ސިޓީ ފޮނުވަން ޖެހެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ނަމަވެސް އޭނާ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވައިފިއެވެ.

ބްރޮޑް ކާސްޓިން ކޮމިޝަނުގެ ގާނޫނު ބުނާގޮތުން، ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދޭން ހުށަހަޅަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ.

ރައީސް ސާލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ހަވީރު އެމްވީ ޓައިމްސް އަށް ވިދާޅުވީ، ބްރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރެއް އިސްތިއުފާ ދެއްވަން ސިޓީއެއް މިއަދު ހަމަޔަގީނުންވެސް ނުފޮނުވާކަމަށެވެ.

"އެ ފަދަ ސިޓީއެއް މިއަދު ހަމަ ޔަގީނުންވެސް ނުލިބޭ" ހޫދު ވިދާޅުވިއެވެ.

ސޮވްރާން ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ އެނާ މަގާމުން އިސްތިއުފާ ދެއްވަނީ ސިއްހީ ހާލަތު ހުރި ގޮތުން ގިނަ ދުވަހު ސަލާން ބުނަން ޖެހުމުންކަމަށެވެ.

އަދި އޭނާގެ ހާލު ބްރޮޑްކާސްޓިން ކޮމިޝަނުން ނުބަލާކަމަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެތީގެ މުގައްރިރު ވިދާޅުވެފައިވަނީ މަޖިލީހަށް ސިޓީ ފޮނުވާއިރު، ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީ ފޮނުވާފައި އޮންނާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް އެކަން ހިނގާފައި ވަނީ އެގޮތަކަށް ނޫނެވެ

ކިޔުންތެރިންގެ ހިޔާލު