ބައި ޓަނުހާ މަސްތުވާ ތަކެތި ފުލުހުން ނައްތާލައިފި

ޖުމްލަ 3165 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 416.9 ކިލޯގެ މަސްތުވާތަކެތި ފުލުހުން މިއަދު ނައްތާލައިފިއެވެ.

މިހާ ގިނަ އަދަދެއްްގެ މަސްތުވާތަކެތި ފުލުހުން އެއްފަހަރާ ނައްތާލާފައި މިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

ފުލުހުން އަންނަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް މުޅިި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު