"ޝައިމް ފިލައިގެން ދިޔައީ ކުޑަކުދިންގެ ހިޔާ ދަންވަރު ޑިއުޓީ ބަލަހައްޓާ މީހުންނަށް އޮޅުވަލައިގެން"

ޝައިމް އަބްދުﷲ، 14 ފިލައިގެން ދިޔައީ ކުޑަކުދިންގެ ހިޔާ ދަންވަރު ބަލަހައްޓާ މީހުންނަށް އޮޅުވަލައިގެން ކަމަށް މިނިިސްޓާ އޮފް ޖެންޑާ ސިދާތާ ސަރީފް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޝައިމް ފިލައިގެން ދިޔަރޭ ނިދާފައި އޮތީ މޫނު މަތީގައި ފޮތިގަނޑެއް އަޅައިގެން ކަމަށެވެ.

"ޝައިމް އާންމުކޮށް ނިދާފަ އޮންނަނީ މޫނުގަ ފޮތިގަނޑެއް އަޅައިގެންނޭ ފޮތިގަނޑު އަޅައިގެން. އެހެން ނަމަވެސް އެރޭ ޑިއުޓީގަ ހުންނެވި ބޭފުޅާ ފޮތިގަނޑު ނަގައިގެން ޝައިމް އޮތްތޯ ބަލާފައި ނުވޭ. ބަލަންވާ މިންވަރަށް ބަލާފައި ނުވާކަން ގަބޫލުކުރަަން އެހެން ނަަމަވެސް ކުޑަކުދިންގެ ހިޔާގައި ތިބި މުވައްޒަފުންނަކީ އެފަދަ ތަމްރީނުުތަކެއް ދީފައި ތިބި މުވައްޒަފުން ވެސް ތިބިތަނެއް ނޫންް،" މިނިސްޓާ ވިދާޅުވިއެވެ.

ސިދާތާ ވިދާޅުވީ ޝައިމް ފިލައިގެން ދިޔައީ ޖެހިގެން ހުރި ކޮޓަަރީގެ ކުޑަ ދޮރަކުން ފުރާޅެއް މައްޗަށް ފުންމާލައިގެން ކަމަަށް ގަބޫލުކުރެވޭ ކަމަށެވެ.

ސިދާތާ ވިދާޅުވީ ކުޑަކުދިންގެ ހިޔާއަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ގެނެން ރިހިބިލިޓޭޓް ކުރެވޭފަދަ "ވަސީލަތެއް" ނޫންކަމަށެވެ. ނަމަވެސް ސަރުކާރުން އެފަދަ ފުރިހަމަ ވަސީލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޝައިމްގެ މައްސަލަ އެންމެ ފުރަތަމަ ޖެންޑާ މިނިސްޓްރީއަށް ހުަށަހަޅާފައިވަނީ 2009 ވަނަ އަަަހަރުއެވެ.

އޭގެ ފަހުން "ދަރުމައަށް ކުދިން ބަލައިދޭ އުސޫލު" ގެ ދަށުން މީހަކާ އެކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރިއެވެ.

ނަމަވެސް އެ މީހާވެސް ނުބެލެހެއްޓިގެން އަލުން އަނބުރާ ޖެންޑާ މިނިސްޓްރީއާ ހަވާލުކުރީއެވެ.

މީގެ ކުރިންވެެސް ޝައިމް ފިލައިގެން ހޯދައިފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު