ބްރޮޑްކޮމް މެމްބަރު ސޮފްވާން ވެސް އިތިއުފާ ދެއްވައިފި

ބްރޮޑް ކާސްޓިން ކޮމިޝަނުގެ މެމްބަރު ސޮފްވާން ވެސް އިސްތިއުފާ ދެއްވައިފިއެވެ.

ސޮފްވާން އިސްތިއުފާ ދެއްވާފައިފައި މިވަނީ އެނާ މަގާމުން ދުރުކުރުމަށް މަޖިލީހުގެ ތަޅުމަށް ކޮމެޓީން ފޮނުވާފައިވަނިކޮށެވެ.

އެނާ ވަކިކުރުމަށް ފޮނުވާފައިވަނީ އޭނާ ވަޒީފާއަށް ހާޒިރު ނުވާތީއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން އެންގުމަށް ބްރޮޑްކޮމް އިން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.

ސޮފްވާންގެ އިތުރުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް މަގާމުން ދުރުކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނިކޮށް އެނާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު