ފައިސާ ދައްކާފައި ތިބި 90 މީހަކަށް ހައްޖަށް ނުދެވެދިދާނެ!

މިނާ ގްރޫޕް މެދުވެރިކޮށް ރާއްޖެއިން ހައްޖަށްދިއުމަށް ފައިސާ ދައްކާ ފައިވާ މީހުންނަށް ހައްޖަށް ނުދެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

އެ ގޫރޫޕުން ގެންދަނީ އެ ގުރޫޕުން ހައްޖަށް ގެންދަން ނިންމާފައިވާ 90 މީހުގެ ތެތެއިން ބައެއް މީހުންނަށް ހައްޖައް ނުދެވިިދާނެކަމަށް އަންގަމުންނެވެ.

މިއިން ކޮބްމެ މީހެއްގެ އަތުން އެ ގުރޫޕުން ވަނީ ގާތްގަނަޑަށް 70،000 ރުފިޔާ ކޮންމެ މީހެއްގެ އަތުން ނަގާފައިކަަށް މައުލޫމާތު ލިބެއެވެ.

އިސްލާމިކް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އެ މަސައްކަތްތައް ހުއްޓާލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިނާ ގުރޫޕަށް ވަނީ އަންގާފައެވެ.

ހައްޖު ކޯޓާ ދިނުމުގައި އިސްލާމިކް މިނިސްޓްރީގެ މައްޗަށް ތުހުމަތުކުރެވޭ ހައްޖު ކޯޓާ ދިނުމުގައި ކަރަޕްޝަން ހިމެނޭ މައްސަލައެއް އޭސީސީން އަންނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު