ޔާމިން ސަރުކާރުން ހިންގި ޖަރީމާ ބަލަން ގޮވާލާ ގަރާރެއް މަޖިލީހަށް

ޔާމިން ސަރުކާރުން ހިންގި ޖަރީމާ ބަލަން ގޮވާލާ ގަރާރެއް މަޖިލީހަށް މިއަދު ވައްދައިފިއެވެ.

މަޖިލީހަށް ކުއްލި މައްސަލަ އެއް ގޮތުގައި ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.

ވޭތުވެ ދިޔަ ފަސް އަހަރު ދުވަހު ގާނޫނުއަސާސީ އާއި ގާނުނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަމާއި ވައްކަމާއި ޖަރީމާ ތައް ބެލުމަށް ގަރާރު ގައި ވަނީ ގޮވާލާ ފައެވެ.

"ރިކޯޑު މިންވަރަކަށް ދައުލަތުން ކުރި ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އިތުރުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ގަޑުބަޑުކޮށްފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު