ގާނޫނު އަސާސީއަށް ހަތަރު އިސްލާހެއް ސަރުކާރުން ހުށަހަޅަނީ

އަދުލް އިންސާފުގެ ބާރު އިސްލާހު ކުރުން ހިމެނޭ ގޮތަށް، ގާނޫނު އަސާސީއަށް ސަރުކާރުން ހަތަރު ބިލެއް ހުށަހަޅަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހުން އާންމުކުރި 2018 - 2023 ވަނަ އަހަރުގެ "ސަރުކާރުގެ ލެޖިސްލޭޓިވް" އެޖެންޑާގައެވެ.

ލެޖިސްލޭޓިވް އެޖެންޑާގައި ގާނޫނު އަސާސީއަށް އިސްލާހުު ގެންނަނީ ހަތަރު ބިލެއް ހުށަހަޅަހަޅައިގެންނެވެ. .

1. އަދުލް އިންސާފުގެ ދާއިރާ އިސްލާހު ކުރުމުގެ ބިލް

2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންހުމުގެ ނިޒާމު އިސްލާހު ކުރުމުގެ ބިލް

3. އެންޓިިި ޑިފެކްޝަން ބިލް

4. މިނިވަން މުއައްސަސާތައް އިސްލާހު ކުރުމުގެ ބިލް

މި ބިލްތަކުގެ ތެރެއިން އަދުލް އިންސާފުގެ ދާއިރާ އިސްލާހު ކުރުމުގތެ ބިލުގައި ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަދަދު 7 ކަށް އިތުރުކުރުމަށް ނިންމާނެއެވެ. އަދިވެސް އިތުރު ނިންމުންތަކެއް ހުށަހެޅުން އެކަށީގެންވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންހުމުގެ ނިޒާމު އިސްލާހު ކުރުމުގެ ބިލުގައި ބޮޑަށް ލާމަރުކަޒީ ބާރުތައް އިތުރު ކުރުމަށް ކަންތައްތަކެއް ހުށަހަޅާނެއެވެ. ނަމަވެސް އެ މައުލޫމާތުު އަދި ހާމައެއް ނުކުރެއެވެ.

އެންްޓި ޑިފެކްޝަން ބިލުގައި މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ސިޔާސީ ޕާޓީތަކުން ބަދލުވުން ގާނޫނުު އަސާސީން މަނާކުރާނެއެވެ.

މިނިވަން މުއައްސަސާތަކަށް ގެންނާނެ ބަދަލެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު