އަދީބުގެ ބޭސް ފަރުވާއަށް އިތުރު 10 ދުވަސް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސް ފަރުވާއަށް އިތުރު 10 ދުވަސް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

މިރޭ ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ އަދީބު ބޭސް ފަރުވާ ކުރުމަށް އިތުރު މުއްދަތު އިތުުރުކޮށްދިނުމަށް އޭނާގެ އާއިލާއިން އެދިފައިވާތީ އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހަށް ޖަލުން ދޫކޮށްފައި ހުންނަ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ.

އަދީބު ބޭސް ފަރުވާއަށް ފުރާފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ. އަދީބަށް އިމިގްރޭޝަނުން ވަނީ އެއް އަހަރު ދުވަހުގެ ޓްރެވަލް ޑޮކިއުމަންޓެއްދީފައެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

ސީރިއަށް ގިނަ ތުހުމަތުތަކެއް ކުރެވޭ އަދީބު އަނބުރާ ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު