ބާ ކައުންސިލްގެ ސަބަބުން ވަކީލުން ނުބައި ނުފޫޒުން ސަލާމަތް ވާނެ: އެމްޑީއެން

ދިވެހިރާއްޖޭގެ މަޖިލީހުގެ ފަރާތުން ފާސްކުރި ރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލު ގެ ސަބަބުން، ގާނޫނީ ވަކީލުން ނުބައި ފުފޫޒުން ސަލާމަތް ވާނެކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް، އެމްޑީއެން އިން ބުނެފިއެވެ.

އެ ނެޓްވާކުން ބުނީ، މިއީ މިފަދަ ކައުންސިލެއް ދިވެހރާއްޖޭގައި އެކުލަވާލެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

ބިލް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ބިލް މަޖިލީހުން ފާސްކުރީ ކޮމިޓީން ގެނައި އިޞްލާހަކާއެކުއެވެ. ކޮމިޓީން ގެނައި އިޞްލާޙުގައި ވާ ގޮތުން ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންނަށް ބާ ކައުންސިލުން ފިޔަވަޅު އެޅޭނެއެވެ. ނަމަވެސް މަޖިލީހަށް އެ ބިލް ފުރަތަމަ ހުށައެޅިއިރު ޕީޖީ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންގެ ކަންކަމާ ގުޅޭ އެއްވެސް އިޙްތިޟާސްއެއް ބާ ކައުންސިލަށް ދިނުމަށް ހިމަނާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު