ރާއްޖޭގައި އޮންނާނީ އިސްލާމް ދީން، އެމެރިކާ ރިޕޯޓާ ގުޅިގެން އަދި ސްްޓޭންޑެއް ނުނަގަން: ހޫދު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު ބައްދަލު ކުރައްވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ ދީނީ ހާލަތާ ގުޅޭގޮތުން އެމެރިކާއިން ނެރުނު ރިޕޯޓާގުޅޭގޮތުން ސަރުކާރުން އަދި ސްޓޭންޑެއް ނަގާފައިނުވާކަމަށާއި، ނަމަވެސްް ރާއްޖޭގައި އޮންނާނީ އިސްލާމްދީން އެކަނިކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

'ޓައިމްސް އެމްވީ' އަށް މައުލޫމާތު ދެއްވަމުން ރައީސުލް ޖުމްހޫރިއްްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ މިއަދު ދިވެހި ނޫހެއްގައި ސަރުކާރުގެ ސްޓޭންޑާ ގުޅޭގޮތުން ސުވާލު ކުރުމުން، އެ ރިޕޯޓު އަދި ވިދާޅުނުވާކަމަށާއި އެ ކަމާ ގުޅިގެން ސަރުކާރުން އަދި ވަކި ސްޓޭންޑެއް ނުނަގާކަމަށް އެ ނޫހުގެ ނޫސްްވެރިޔާއަށް ދަންނަވާފައިވާނެކަމަށެވެ.

އަދި ސަރުކާރުން ދީނީ މިނިވަންކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން " ދިވެހިރާއްޖޭގައި އިސްލާމް ދީން ނޫން ދީނެއް ނޯންނާނެ،" ކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

ހޫދު ވިދާޅުވީ އެފަދަ ރިޕޯޓުތަކާމެދު "ސްްޓޭންޑެއް" ނަގާނީ "ތަންކޮޅެއް މަތިން" ކަމަށެވެ.

އެމެރިކާއިން މިމަހު 21 ވަނަ ދުވަހު ނެރުނު ރިޕޯޓު ގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން "ސެކިއުލަރިސް ޓުންގެ" ގޮތުގައި ލޭބަލު ކުރާ މައްސަލައާ، އަންހެނުންނަށް ބުރުގާއަޅަން ޕްރެޝަރު ކުރާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ދީނީގޮތުން ހައްދު ފަހަނަ އެޅުން އިތުރުވާ މައްސަލައާ، ހުވަފެން ފުށީގައި ހުރި އާޓް ގެލަރީ ފުލުހުން ތަޅާލި މައްސަލަ އާއި އިސްލާމް ދީނަށް ހަޖޫ ޖަހާމީހުންނަށް އިސްލާމިކް މިނިސްޓްރީ އިން އިންޒާރު ދޭ ކަން އެ ރިޕޯޓު ގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު