"އެއް ލުތުފީ ފެނިއްޖެ، ދެން އޮތީ ދެވަނަ ލުތުފީ ހޯދުން"

"އެއް ލުތުފީ ފެނިއްޖެ، ދެން އޮތީ ދެވަނަ ލުތުފީ ހޯދުން" ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު އަބްދުލް ޝަފީގު ވިދާޅުވެއްޖެއެވެ.

ޝަފީގު މިހެން ވިދާޅުވީ، ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަމިއްލައަށް ކޮލަމްބޯގައި ހުންނަ ދިވެހި އެންބަސީއަށް އައިސް އޭނާ ހަވާލުވެފައިވާކަމަށް އިއްޔެ ފުލުހުން ހާމަކުރުމާ ގުޅިގެންނެވެ.

އަދި ރައްޔިތުންގެގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވަޒީފާއަށް ވަޑައި ނުގަންނަވާތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް މުސާރަ ނަންގަވާކަމަށް އެ ކޮމިޝަނުގެ ބައެއް މެމްބަރުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އޭސީސީގެ ރައީސް ލުތުފީ މަގާމުން ވަކިކުރަން މަޖިލިސް ތަޅުމަށް ހުށަހަޅަން މިއަދު ވަނީ ނިންމާފައެވެ.

މެއި މަހުން ފެށިގެންް ލަންކާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހާޖަރާގެ ލުތުފީ ކުރިއަށް އޮތް 48 ގަޑީރު ތެރޭ އަނބުރާ ރާއްޖެ ގެންނާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ވަނީ މިއަދު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު