ގައުމީ ބޭންކުގެ 4.9 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތައި ދެމަފިރިން ވަޒީފާއިން ވަކިކޮށްފި

ބޭންކް އޮފް މޯލްޑިވްސް: ފޮޓޯ ރާއްޖެ އެމްވީ

ބޭންކް އޮފް މޯލްޑިވްސް ގެ ހިޔާނާތުގެ ތުހުމަތައި ދެމަފިރިން ވަޒީފާއިން ވަކިކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ މުވައްޒަފަކު ފައިސާ އަށް ހިޔާނަތްތެރިވި މައްސަލަ، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. 4.9 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާކަމަށް އެ ބޭންކުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު 4.9 ރުފިޔާގެ ހިޔާނާތާ ގުޅިގެން ސަސްޕެންޑު ކޮށްފައިވަނީ ދެ މަފިރިންނެވެ.

އެ ބޭންކުގެ އިންޓާނަލް އޮޑިޓް ޑިވިޝަނުން މިހާރު މި މައްސަލަ ބަލައި ނިންމާފައިވާ އިރު ޒިންމާވާން ޖެހޭ މުވައްޒަފުންނާ ފިޔަވަޅު އަޅާފައިވާ ކަމަށް ބޭންކުން ބުނެއެވެ.

ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް މިހާރު ގާއިމް ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު