ލުތުފީ އަދި ސޮފްވާން މަގާމުން ވަކިކުރަން މަޖްލިސް ތަޅުމަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު އިސްމާއިލް ސޮފްވާން އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންްގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމެޓީން މިއަދު ނިންމައިފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ސޮފްވާން މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ އޭނާ ވަޒީފާއަށް ނުނިކުންނަތާ ގިނަ ދުވަސްތަކެއް ވުމުންނެވެ.

މިއަދު މެންދުރު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރީ ލުތުފީގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވަމުން ދާތީ އެވެ

މި ދެ މުއައްސަސާއަކީ ވެސް ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެކަށީގެންވާ މިންވަރަށް މައްސޫލިއްޔަތު އަދާ ނުކުރި ކަމުގެ ތުހުމަތު ކުރެވޭ ދެ މުއައްސަސާއެވެ.

މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން ލުތުފީގެ މައްޗަށް ފުލުހުން ތަހުގީގުތަކެއް ހިންގަން ފެށިއެވެ.

އަދި ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ބޮޑެތި އަދަދުތަކުން މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކޮށް މީޑިއާތައް ހިންގުމަށް ފުރައްސާރަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު