ހިޔާ ފްލެޓް ތަކުގެ ގޮތުގައި ހުރީ މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓު، މަސައްކަތް ނިމޭނީ އަންނަ އަހަރު ކުރީކޮޅު

ހިޔާ ފްލެޓް ތަކުގެ ގޮތުގައި ހުރީ މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓުކަމަށާއި، މަސައްކަތް ނިމޭނީ އަންނަ އަހަރު ކުރީކޮޅުކަމަށް ހައިސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

"ދެކޮޓަރި ދެ ފާހާނަ އަދި ކައްކާނެ ތަން އެޕާޓް މަންޓު ތަކުގައި ހިމނޭ"

އެ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުެއްގައި ބުނީ ހިޔާ މަޝްރޫގެ ދަށުން އަޅާނީ 7،000 ފުލެޓު ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރުނު ނަމަވެސް، އަޅަމުން އަންނަނީ 6860 ފްލެޓް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކޮންމެ އެޕާޓުމަންޓެއްގައި 550 އަކަ ފޫޓު ހުންނަކަމަށެވެ. އަދި އެޕާޓު މަންޓެއްގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

"މާނައަކީ މަހެއްގެ މައްޗަށް 11،000 ރުފިޔާ އެބަޖެހޭ ކުލީގެ ގޮތުގަ. އެހެން ނަމަވެސް ކުއްޔާ ގުޅޭގޮތުން މި އަންނަނީ މަޝްވަރާ ކުރަަމުން،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ 25 ބުރީގެ ކޮންމެ އިމާރާތެއްގައި 450 ފްެލެޓް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

 1. ޑޮންޑޮން

  ކޮބާ 1 ކޮޓަރީގެ ފްލެޓްތަކަށް ލީމީހުންގެ ހައްްްްްޤު؟ މާނަޔަކީ 1 ކޮޓަރީގެ ފްލެޓް އަށް ލީމީހުންނައް ނުލިބޭނެޔޭތަ؟

  • ޑަން ޑަން

   2 ކޮޓަރިން ފުދޭނެ ތަ

   • ޑޮންޑޮން

    2 ކޮޓަރި ލިބޭކަންވެސް ޔަގީން ނުވާތީނު މިއަހަނީ …