ދައުލަތުގެ ބެލުމުގެ ދަށުގައިހުއްޓާ ގެއްލުނު ހައިޝަމްގެ މައުލޫމާތު ރައީސް އޮޅުން ފިލުއްވައިފި

ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއުލާނުކޮށްފައިވާ ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 މައުލޫމާތު ވަޒީރުންގެ މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އަރުވައިފިއެވެ.

މި މައްސަލައިގެ ތަފްސީލު ރައީސް ސާލިހާ ހިއްސާ ކުރައްވާފައިވަނީ ޖެންޑާ މިނިސްޓާ ސިދާތާ ޝަރީފެވެ.

ހައިޝަމް ހޯދުމަށް ތިން ގެއެއް ބަލައި ފާސް ކޮށްފައިފައިވާކަމަށް ފުލުހުން ބުނެއެވެ..

މިމަހު 18 ވަނަ ދުވަހު ގެއްލިގެން ހޯދަން އިއުލާނު ކުރި ކުއްޖާ ހޯދަން ސީސީޓީވީ ފުޓޭޖުވެސް ފުލުހުން ބަލައި އަދިވެސް އެ ކުއްޖާ ހޯދުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހައިޝަމް ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓައިކަމަށް ހަަބަރު ފެތުރެއެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން މިކަން ދޮގު ކުރި ނަމަވެސް، ރަައްްޔިތުންގެ މަޖިލީހުންނާއި ފުލުހުން އަންމުކުރާ އިއުލާނުތަކުުގައި މިހާރު ބުނަމުން އަންނަނީ "ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްތާ ގެއްލުނު ކުއްޖާ" މިގޮތަށެވެ.

ގެއްލިގެން ހޯދާ ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

މި މައްސަލާގައި އެ ކުއްޖާ ގެއްލުނީ ކޮންތާކުންތޯއާއި އެ ކުއްޖާ ގެއްލުނުއިރު ލައިގެން ހުރި ހެދުމާއި ގުޅޭ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެއެވެ. އެ މައުލޫމާތު ހޯދަން ޓައިމްސް އެމްވީ އިން ވާނީ އެދިފައެވެ. ނަމަވެސްް އަދިވެސް ފުލުުން އެ މައުލޫމާތެއް ހާމައެއް ނުކުރެެވެ.

ކިޔުންތެރިންގެ ހިޔާލު