ބްރޮޑް ކާސްޓިން ކޮމިޝަނުގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރަނީ

ބްރޮޑް ކާސްޓިން ކޮމިޝަނުގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ހުށަހަޅައިފިއެވެ.

މިއަދު ކުރިއަށް ދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެގޮތަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

މެމްބަރުން މަގާމުން ވަކިކުރަން ހުށަހަޅުއްވަމުން ވިސާމް ވިދާޅުވީ އެ ކޮމިޝަނުގެ ބައްދަލުވުންތައް މިހާރު ބާއްވަނީ ވައިބާ ގުރޫޕެއް މެދުވެރިކޮށްކަމަށެވެ.

ވިސާމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބްރޮޑް ކޮމްގެ މެމްބަރުން މަގާމުން ވަކިކުރަން ވެސް ހުށަހަޅަން ވާނީ ކޮންމެ މެމްބަރެއް ވަކިވަކިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ކޮންމެ މެމްބަރެއްގެ ތަހުގީގު ހިންގެވުމަށެވެ.

ވިސާމް މިގޮތަށްް ހުށަހެޅުއްވި ނަމަވެސް މިއަދު އެ ކޮމެޓީން ނިންމީ ބްރޮޑް ކާސްޓިން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ސޮފްވާން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު