ދީނީ މިނިވަންކަމަށް ގޮވާލާ އެމެރިކާއިން ނެރުނު ރިޕޯޓަށް ސަރުކާރުގެ ތާއީދެއް ނެތް

ދީނީ މިނިވަން ކަމަށް ގޮވާލާ އެމެރިކާއިން ނެރުނު ރިޕޯޓަށް ސަރުކާރުގެ ތާއީދެއް ނެތް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ބުނެފައިވަނީ އެމެރިކާ އިން ރާއްޖެއަށް ދީނީ މިނިވަންކަން ދޭ ގޮވާލި ނަމަވެސް އެކަމަށް ގާނޫނު ތަން ނުދޭ ކަމަށާއި ސަރުކާރުން އަމަލު ކުރާނީ ގާނޫނާ ގަވާއިދުގެ ތެރެއިންކަމަށެވެ.

އެމެރިކާއިން މިމަހު 21 ވަނަ ދުވަހު ނެރުނު ރިޕޯޓު ގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން "ސެކިއުލަރިސް ޓުންގެ" ގޮތުގައި ލޭބަލު ކުރާ މައްސަލައާ، އަންހެނުންނަށް ބުރުގާއަޅަން ޕްރެޝަރު ކުރާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ދީނީގޮތުން ހައްދު ފަހަނަ އެޅުން އިތުރުވާ މައްސަލައާ، ހުވަފެން ފުށީގައި ހުރި އާޓް ގެލަރީ ފުލުހުން ތަޅާލި މައްސަލަ އާއި އިސްލާމް ދީނަށް ހަޖޫ ޖަހާމީހުންނަށް އިސްލާމިކް މިނިސްޓްރީ އިން އިންޒާރު ދޭ ކަން އެ ރިޕޯޓު ގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު