ގައިދީންނަށް އަނިޔާކުރި ފަސް މީހެއްގެ މައްސަލަ ބަލަނީ

ގައިދީންނަށް އަނިޔާކުރި ފަސް މީހެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ ބަލަމުން އަންނަނީ ފޯނުން ގުޅައިގެން ހުށަހަޅާ ފައިވާ މައްސަލަ ތަކެއް ކަމަށެވެ.

މާފުށީ ޖަލުގައި ރޭ ވެސް ހަމަނުޖެހުންތަކެއް ހިނގިއެވެ.

ހަމަނުޖެހުންތައް ހުއްޓުވުމަށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން 3 ގައިދީންގެ ހާލު ސީރިއަސްވިކަމަށް އަޑުތައް ފެތުރުނެވެ.

ޖަލުގައި ހަމަނުޖެހުންތަކެއް ކުރިއަށް ދާތީ ފުލުހުންގެ ޓީމެއް ވެސް ރޭ އޮތީ ތައްޔާރީ ޙާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު