މާފުށީ ޖަލުގައި މިރޭ ވެސް ހަމަނުޖެހުންތަކެއް ހިނގައިފި

މާފުށީ ޖަލުގައި މިރޭ ވެސް ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ހަމަނުޖެހުންތައް ހުއްޓުވުމަށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން 3 ގައިދީންގެ ހާލު ސީރިއަސް ކަމަށް ހަބަރު ލިބެއެވެ.

ޖަލުގައި ހަމަނުޖެހުންތަކެއް ކުރިއަށް ދާތީ ފުލުހުންގެ ޓީމެއް ވެސް އޮތީ ތައްޔާރީ ޙާލަތުގައެވެ.

މިއަދު ގިނަ ގައިދީން ތަކެއް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއްގައިވެސް ތިއްބެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުން ނެވެ.

ހަމަނުޖެހުންތައް ފެށުނީ ރިމާންޑު ޖަލެއްގައި ހުރި މީހަކު ޖަލު ބަލަހައްޓާ އޮފިސަރަކަށް ހަމަލާ ދިނުމުގެ ސަބަބުން ޖަލު ގޮޅިއަށް ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންގެ ވަދެ ޖަލުގައި ތިބި ބައެއް މީހުންގެ ބޯ ބޭލުމުންނެވެ.

މި މައްސަލާގައި ޕްރިޒަންގެ ކޮމާންޑަރެއް ސަސްޕެންޑުކުރި އެވެ.

މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ޖަލުގެ ގޮޅިއެއްގައި ހުރި ސީސީ ޓީވީ ކެމެރާ ތައް ވެސް ތަޅާލިއެވެ.

އެކަމާ ގުޅިގެން ޖަލު ބަލާ ފާސް ކޮށް ތޫނު ހަތިޔާރަކާ 8 ފޯނު ހޯދި އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އާދަމް

    ހަމަ އެކަނި ބޯ ބޭލި ވަަ ހަކަ ޖެހިިިީ ކީިއވެ؟ އަނިޔާ ކުރި ވާހަކަ ވެއްސް ޖަހާ. މި ކަމާ ނުބެ ހޭ އެތައް ބަޔަކު ގޮލިން ނެރި އަނިޔާ ކުރީމަ މިކަން ފެސުނީ. ބޯ ބާލަ އިގެނެއް ނޫން.