ލުތުފީ ހައްޔަރު ކޮށްފި

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުމަށްފަހު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފިލި އަބްދުﷲ ލުތުފީ ހައްޔަ ކޮށްފިއެވެ.

ލުތުފީ ފިލާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ފުލުހުން ބޫނީ އޭނާ ހައްޔަރު ކުރީ މޭމަހު 1 ވަނަ ދުވަހު ކޮލަމްބޯ އެމްބަސީއަށް އޭނާ ހާޒިރު ވުމުންނެވެ.

މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ލަންކާގައެވެ.

އޭނާ އަލުން ހައްޔަރު ކުރި ފަހުން މިހާ ދުވަސް ވީއިރު ވެސް އަލުން އަނބުރާ ރާއްޖެ ނުގެނެސް ހުރި ސަބަބެއް ފުލުހުން ނުބުނެއެވެ.

ނަމަވެސް ލަންކާގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ބޭނުންވާ އިދާ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު