ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންނަވަރު ބަލާނީ ބޭރުގެ ފަރާތެއް ހިމަނައިގެން: ޖޭއެެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ވެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުން އެދިފައިވާތީ އެކަން ކުރާނީ ބޭރުގެ ފަރާތެއްވެސްް ހިމެނޭ ގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނީ ބޭރުގެ ފަރާތެއް ހިމަނައިގެން އެކަން ކުރަން ނިންމީ މިއީ ދިވެހިރާއްޖޭގަައި އަލަށް ކުރާ ކަމަކަށް ވާތީކަމަށެވެ. އަދި ކޮންސަލްޓަންޓެއްގެ އެހީތެރިކަން ހޯދަންވެސް އެ ކޮމިޝަނުން ވަނީ މިއަދު ނިންމާފައެވެ.

މީގެ އިތުރުން ވެސް އެ ކޮމިޝަނުން މިއަދު ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެއީ ރައީސް ޔާމިން ހައްޔަރު ކުރަން އަމުރުނު ނެރުނު މެޖިސްޓްރޭޓް ނިހާންގެ ސަސްްޕެންޝްން އުވާލުމަށެވެ.

މިގޮތަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ނިހާން ކުއްވެރިވާކަމަށް ނިންމި ނިންމުންް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް ނިންމާފައިވާ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ އެޮފީހުން ނިންމާފައިވާތީކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީގެ ނުވަ މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު