ރައީސް ޔާމިން ހައްޔަރު ކުރަން އަމުރުނު ނެރުނު މެޖިސްޓްރޭޓް ނިހާންގެ ސަސްްޕެންޝަން އުވާލައިފި

ރައީސް ޔާމިން ހައްޔަރު ކުރަން އަމުރުނު ނެރުނު މެޖިސްޓްރޭޓް ނިހާންގެ ސަސްްޕެންޝްން އުވާލައިފިއެވެ.

ޖޭއެސްސީން މިކަން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

މިގޮތަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ނިހާން ކުއްވެރިވާކަމަށް ނިންމި ނިންމުންް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް ނިންމާފައިވާ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ އެޮފީހުން ނިންމާފައިވާތީކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ވެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުން އެދިފައިވާތީ އެކަން ކުރާނީ ބޭރުގެ ފަރާތެއްވެސްް ހިމެނޭ ގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަޑިޔާރުން ހިންގި ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލާގައިވެސް ބޭރުގެ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް ވަނީ ނިންމާފައެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަނާ އެނޫން މުއައްްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބޮޑު އިސްކަމެއް ދީގެން ވަރަށް އަވަހަށް ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު