ރިލްވާން މައްސަލާގައި ފުލުހުންވި އިހުމާލު ތަހުގީގު ކުރަނީ

ރިލްވާންގެ ވާހަކަ ލިޔެފައިވާ ބޯޑެއް ފުލުހުން އަތުލަނި: ފޮޓޯ ރާއްޖެއެމްވީ

ގެއްލުވާލާފައިވާ ނޫސްްވެރިއާ ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވެފައިވާ އިހުމާލު ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ފޮނުވި ރިޕޯޓު ބައެއް އިސްލާހާއެކު މަޖިލީހުން ފާސްކޮށްފިއެވެ.

މި ރިޕޯޓު ފާސްކޮށްފައިވަނީ، 65 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލަށް ވޯޓު ދިނުމަށްް އެހި ވަގުތު މަޖިލީހުގެ ވޯޓިިން ސިސްޓަމަށް މައްސަލައެއް ދިމާވިއެވެ.ނަމަވެސް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ އަނގަބަހުންް ވޯޓަށް އަހައިގެން ރިޕޯޓު ފާސްކޮށްފައެވެ.

ފުލުހުންގެ އިހުމާލުގެ މައްސަލަ ބެލުމަށް ގައުމީ ހިދުމަތްްތަކާބެހޭ ކޮމެޓީންް ނިންމިއިރު ރައީސުލް ޖުމްހުރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު މިއަދު އެމަނިކުފާނު ވަނީ ތަސްދީގު ކުރައްވާފައެވެ.

މަރުތަކާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ މުދލާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ދެ ކޮމިޝަން ރައީސްް އިބްްރާހިމް މުހައްމަދު ސާލިހު އުފެއްދެވީ ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ ވަރަކަށް އިތުބާރު ނުކުރެވޭތީއެވެ.

މަރު ކޮމިޝަނުން ބުނެފައިވަނީ ރިލްވާން އަދި ޔާމިންގެ މައްސަލާގައި ދައުވާކުރަން އަންނަ މަހު ޕީޖިއަށް ފޮނުވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު