ޖުޑީޝަރީ އިސްްލާހު ކުރަން ރައީސް ސާލިހު ގެންގުޅުއްވާ އެޖެންޑާ ހިއުމަންރައިޓްސް ކައުންސިލާ ހިއްސާކޮށްްފި

ޑރ. ހާލާ ހަމީދު: ހާލާގެ މަގާމު ދަށްކޮށް އޭނާ މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލުކުރައްވާފައި — ފޮޓޯ: ހާލާ ހަމީދުގެ ފޭސްބުކް ޕޭޖް

ޖުޑީޝަރީ އިސްލާހު ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ އެޖެންޑާ އދ ގެ ހިއުމަންރައިޓްސް ކައުންސިލްގައި ހިއްސާކޮށްފިއެވެ.

މި މަސައްކަތްތައް މިއަދު އެ ކައުންސިލާ ހިއްސާ ކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން އދ އަށް ކަނޑައަޅުއްވާފައިވާ ޕާމަނަންޓު ރެޕްރެޒެންޓޭޓިވް ޑރ. ހާލާ ހަމީދު އެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންްސިލްގެ 41 ވަނަ ސެޝަންގެ ހަވާސާގައި އދ ގެ ސްޕެޝަލް ރެޕެޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސް އާއި ބައްދަލު ކުރައްވައި ޑރ. ހާލާ ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްްމަދު ސާލިހު ޖުޑީޝަރީ އިސްްލާހުކުރުމަށް ރިފޯމް އެޖެންޑާއެއް ގެންގުޅުއްވާކަމަށެވެ. އެ އެޖެންޑާގައި ޖުޑިޝަލް ސާވިސް ކޮމިޝަން އަށް މައްސަލަތައް ހުށަހެޅުމަށް ފަސޭހަ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތްް ކުރަމުންް އަންނަކަށް ފާހަގަ ކުރެއްވިއެވެ.

"އެޑްމިނިސްްޓްރޭޓިވް ބަދަލުތައް ވެސް ގެންނަވާނެ، އަދި ބާ ކައުންސިލްވެސް ވަނީ އެކުލަވާލަފަ. މިއީ ގާނޫނީ ދާއިރާގައި މަސައްްކަތްކުރާ ފަރާތްތަކުގެ މަސައްކަތް އެ ބޭފުޅުންގެ ތެރެއިން ބެލެހެއްޓުމަށް އެކުލަވާލެވުނު މިނިވަން ބޮޑީއެއް. އަދި ރާއްޖޭގައި މިކަން ކުރެވުނު ފުރަތަމަ ފަހަރު،"

މީގެ އިތުރުން ވެސް ހިއުމަންްރައިޓް ކައުންސިލުގެ ތަޅުމުގައި ދިވެހިރާއްޖޭގެ ފަރާތުން ވަނީ ރޮހެންޔާ މުސްލިމުންގެ މައްސަލާއާ، ސީރިއާގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ، ފަލަސްތީނުގައި އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ މީހުންގެ އިންސާނީ ހައްގުތައް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު