ގައުމީ ޔުނިވާސިޓީ ހިންގަން ކުރީގެ ރައީސް ޔާމިން އެއްކުރެއްވި ބާރުތައް އުވާލަންް މަޖިލީހަށް ބިލެއް ވައްދައިފި

ގައުމީ ޔުނިވާސިޓީގެ ކައުންްސިލް އެކުލަވާލުމުގައި ރައީސްގެ ބާރުތައްް ހަނިކުރަންް ރައްްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރަތުން ، މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު އަށް އިޞްލާހު ގެނައުމުގެ ބިލު ހުށަހަޅާފައިވަނީ ގައުމީ ޔުނިވާސިޓީގެ ގާނޫނުގައި ކުރީގެ މަޖިލީހުން ކުރީގެ ރައީސްް އަބްދުﷲ ޔާމިން އަށް ދިނުމަށް ގެނެސްފައި ހުރި އިސްލާހުތައް ބާތިލްވާނެ ގޮތަށެވެ.

"އަޅުގަނޑު މިއަދު ޔުނިވާސިޓީގެ ގާނޫނަށް މި ހުށަހަޅާ އިސްލާހުން ކައުންސިލްގެ 13 މެމްބަރުންްގެ ތެރެއިން ނުވަ މެމްބަރުންނަަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެމްބަރުންކަމުގައި އޮތް އޮތުން ބަދަލުކުރުން އަދި ކައުންސިލް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތައް ހަނިކޮށް އެ ބާރުތައް އަލުން ކައުންސިލަށް ދިނުން ،"

ގައުމީ ޔުނިވާސިޓީގެ ބިލަށް ކުރީގެ މަޖިލީހުން ބަދަލު ގެނެސް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ގައުމީ ޔުނިވާސިޓީގެ ބާރުތައް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުން އެތައް ބައެއްގެ ފާޑުކިއުން 18 ވަނަ މަޖިލީހަށް އަމާޒުވިއެވެ.

މިހާރުގެ ސަރުކާރުން ގެންދަނީ މުއައްސަސާތައް މިނިވަންކޮށްް ދައުލަތުގެ ބާރުތައްް މަސްހުނިވުންް ހުއްޓުވުމަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް މިއަދު ހުށަހެޅި ބައެއް އިސްލާހު:

  • ޔުނިވާސިޓީ ކައުންސިލަކީ މިނިވަންކޮށް އެކުލަވާލެވޭ ކައުންސިލަކަށް ހެދުން
  • ޑެޕިއުޓީ ވައިސް ޗާންސެލާ އައްްޔަނު ކުރުމުގެ ބާރު އަލުން ކައުންްސިލަށް ދިނުން
  • ކައުންސިލްގެ މެމްބަރުގެ އަދަދު 13 އިން 18 އަަށް އިތުރުކުރުން
  • ކައުންްސިލްގެ ބެލެންސް ހިފެނެއްޓުމަށް ކައުންސިލާ ޔުނިވާސީން ބޭރުގައި ހިމެނޭ 8 މެމްބަރުންނާ އެއްވަރަށް އެތެރެއިން ވެސް 8 މެމްބަރުން އިންތިހާބްް ކުރުން
  • ކައުންސިލްގަައި ޔުނިވާސިޓީގެ ހުރިހާ ގިންތިތަކެއް ތަމްސީލު ވާގޮތަށް ބެލެންސް ހިފެހެއްޓުން
  • ބޭރުން އައްޔަނުކުރަން ބޭނުންވާ އަށް މެމްބަރުން އައްޔަނު ކުރުމަށް ނޮމިނޭޝަން ކޮމެޓީއާ ބެހޭ މާއްދާތައް އަލުން އިތުރުކުން
  • ޔުނިވާސިޓީ ގާނޫނަށް ފިރުޝަން ހުށަހެޅުއްވި އިސްލާހު ވަނީ މަޖިލީހުގެ 63 މެމްބަރުންގެ އަގުލަ ބިއްޔަތުންް މަޖިލީހުން ބަލައި ގަތުމަށް ފާސްކޮށްފައެވެ.

    މި ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުންް އުނގުފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށްް އިސްލާހު ގެނައުމުގެ ބިލު ވެސް މިއަދު މަޖިލީހުން ވަނީ ބަލައިގަނެފައެވެ.

    ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާ ގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވ ފައިވާ، ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ޕެންޝަންއާ ބެހޭޤާނޫން އަށް އިޞްލާޙު ގެނައުމުގެ ބިލުވެސް މިއަދު ވަނީ ބަލައިގަނެފައެވެ.

    ކިޔުންތެރިންގެ ހިޔާލު