ރަންނަމާރި ހަންޓް 2019 ' ފަށައިފި'

ސިފައިން ކުރިއަށް ގެންދާ ރަންނަމާރި އެކްސަސައިޒްގެ ތެރެއިން: ފޮޓޯ އެމްްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަހަރީ ތަމްރީނު "ރަންނަމާރި ހަންޓް 2019" ފަށައިފިއެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލޭ އޭރިއާއިން މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި، ކ. ތިލަފުށި ސަރަޙައްދުގައެވެ. އަދި ނޮދަން އޭރިއާއިން ޅ. އަދި ރ. އަތޮޅު ގައި ޖޫން މަހުގެ 23 އިން 27 އަށެވެ.

ތަމްރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތިޔާރާއި ގޮވާތަކެއްޗާވެސް އެކު އެވެ.

ކިޔުންތެރިންގެ ހިޔާލު