ސިސްޓަމް މައްސަލަ ޖެހިގެން ފަހަރަކު މެމްބަރެއް ކޮޅަަށް ތެދުވެ ވޯޓުދީފި

މަޖިލީހުގެ ސިސްޓަމްތަކަށް މައްސަލަ ދިމާވުމުން ފަހަރަކު މެމްބަރެއް ކޮޅަަށް ތެދުވެ ވޯޓު ދީގެން މަޖިިލީހުގައި ވޯޓަށް އަހައި ގިނަ ބިލުތަކެއް މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް ފާސް ކޮށްފިއެވެ.

ސިސްޓަމްތަކަށް ދިމާވި މައްސަލައަކުން ވޯޓު ނުދެވޭތީ މަޖިލީހުގައި ކޮޅާށް ތެދުވެގެން އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ފޮނުވި ރިޕޯޓަށެވެ.

ސަރުކާރުގެ ފަރަތުން ، މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ، ދިވެހިރާ އްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު އަށް އިޞްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް ވެސް ވޯޓު ދީފައިވަނީ ކޮޅަށް ތެދުވެ ވޯޓުދޭ ފެންނަ ގޮތް ކޮންްމެ މެމްބަރެއް އަނގަ ބަހުން ވިދާޅުވެގެންނެވެ.

ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާ ގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވ ފައިވާ، ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ޕެންޝަންއާ ބެހޭޤާނޫން އަށް އިޞްލާޙު ގެނައުމުގެ ބިލުވެސް ބަލައިގަތީ މަޖްލިސް ފްލޯގައި ތިއްބެވި މެމްބަރުން ކޮޅަށް ތެރުވެ ވޯޓު ދީގެންނެވެ.

އެވަގުތު މަޖިިިލިހުގައި 63 މެމްބަރުން ތިއްބެވިއެވެ. ތިިން ބިލު ވެސް ފާސްވީ އަގުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުންް އުނގުފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށްް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓު ދީފައިވަނީ ސިސްޓަމްްތައް ރަނގަޅަށް ހުއްޓައެވެ.

އެބިލު ބަލައިގަނެފައިވަނީ ވެސް 63 މެމްބަރުންގެ ވޯޓުންްނެވެ.

މިއަދުގެ މަޖިލީހުގައި ބިލު ތަކަށް ވޯޓަށް އެހުން ލަސްވީ ވެސް ސިސްޓަމްތަކަށް މައްސަލަ ދިމާވެގެން މަޖިލީހުގެ ޖަލްސާތައް ބައިގަޑީރެއްހާއިރަށް މެދުކަނޑާލަން ޖެހުމުންނެވެ.

މަޖިލީސް ނިންމާލައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާދަމާވެސް ރައްޔިތުުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ހެނދުނު 9:00 ގައި. ސިސްޓަމްތަކުގެ މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މަޖިލިސް ޖަލްސާ ނިންމާވާލައްްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު