ގެއްލުނު ކުއްޖާ ހޯދަން ތިން ގެއެއް ބަަލައި ފާސް ކޮށްފި

ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއުލާނުކޮށްފައިވާ ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 ހޯދުމަށް ތިން ގެއެއް ބަލައި ފާސް ކޮށްފައިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މިމަހު 18 ވަނަ ދުވަހު ގެއްލިގެން ހޯދަން އިއުލާނު ކުރި ކުއްޖާ ހޯދަން ސީސީޓީވީ ފުޓޭޖުވެސް ފުލުހުން ބަލައި އަދިވެސް އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ.

މި މައްސަލާގައި އެ ކުއްޖާ ގެއްލުނީ ކޮންތާކުންތޯއާއި އެ ކުއްޖާ ގެއްލުނުއިރު ލައިގެން ހުރި ހެދުމާއި ގުޅޭ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެއެވެ. އެ މައުލޫމާތު ހޯދަން ޓައިމްސް އެމްވީ އިން ވާނީ އެދިފައެވެ.

އެ ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި އުޅުނު ކުއްޖެއްކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް އެކަން ޖެންޑާ މިނިސްޓްރީން ދޮގުކުރެއެވެ.

ގެއްލިގެން ހޯދާ ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު