ސަރުކާރަށް ދޫންޏަށްވުރެ އެއާޕޯޓު މުހިންމުވެއްޖެ ކަމަށް ބުނެ ޝަކުވާ ކުރަނީ!

ހދ. ކުޅުދުއްފުށީ އެއާޕޯޓު އަޅާފައިވަނީ ކުޅިއެއްގެ މެދު ތެރޭގައިކަމުން، ކުޅީގެ ދެ ފަރާތުުގައި ގިނައަދަދަކަށް ދޫނި އުޅޭތީ އެ އެއާޕޯޓުގައި ފްލައިޓް ޖެއްސުމަކީ ނުރައްކާތެރި ކަމެއްކަން ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ސިޓީއެއް ފޮނުވައި އެންވަޔަރަމަންޓް މިނިސްޓްރީއަށް އަންގާފައިވާކަަށް ، އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެން ރަޝީދު އަހުމަދު ހާމަކުރެއްވުމާއެކު އެއްބަޔަކު މާޔޫސްވިއިރު އަނެއްބަޔަކު އުންމީދު ކޮށްގެން ތިބީ ސަރުކާރުންް އެއާޕޯޓުގެ ބަދަލުގައި އަރާނީ ދޫނިތަކާއި އެއްކޮޅަަކަށް ކަމަށެވެ.

މާޔޫސްވި މީހުން މާޔޫސްވީ ކުޅުދުއްފުށީ ކުޅި ހަލާކުކޮށްލައިގެން އެޅި އެއާޕޯޓުގެ ބޭނުން ނުހިފޭނެތީއެވެ.

" ދޫނި އުޅޭގޮތަށް އެކަން ކުރީމާ އެއާޕޯޓުގެ ރައްކާތެރިިކަމަށް ބުރޫއަރާ. ބާޑް ސްޓްރައިކް [ދޫނިތައް ފްލައިޓާ މުޑިއަރާފާނެ[ އެއީ ރައްކާތެރިކަމެއް ނޫން" ކަމެއްކަމަށް ކުޅުދުއްފުށީ ކައުންސިލާ ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެން ރަޝީދު ވަނީ މީގެ ދެ ދުވސް ކުރިން ވިދާޅުވެފައިވެއެވެ. ،

އޭރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވެފައިވަނީ އެއާޕޯޓު ވަށައިގެންވާ ކުޅީގެ ބާކީ އޮތްބައި ހިމާޔަތް ކުރާއިރު ދޫނި ނުޖައްސާ ގޮތަކަށް ހިމާޔަތް ނުކުރެވޭނެކަމަށެވެ. އަދި ދޫނި ޖަައްސާނަމަ އެއާޕޯޓުގައި ޖައްސާ ފްލައިޓްތަކަށް އޭގެ ނުަރައްކާ އެބައޮތް ކަމަށެވެ.

"ވަރިހަމަކޮށްލާފަ ނުހުރެވޭނެ. ސިވިލް އޭވިއޭޝަނުން އެއޮތީ ސިޓީއެއް ފޮނުވާފަ. ބޯޓް ޖައްސަން އުޅެނިކޮށް ހާދިސާއެއް ހިންގައިފިނަމަ އަޅުގަނޑު ޖެހޭނެ ޒިންމާނަގަން.ވަރިހަމަކޮށްލާފަ ނުހުރެވޭނެ. އެކަމަކު މިހެން މިދިމާވީ ކުޅިއެއްގެ މެދުގައި އެއާޕޯޓް އަޅައިގެންނޭ. ކުރިން އެތާގައި އޮތީ އެއާޕޯޓެއް ނޫނޭ ކުޅިއެކޭ."

ވާހަކަ ބަދަލުވުން:

ކުޅީގައި އެއާޕޯޓު އެޅުމުން ހުރި ނުރައްްކަލުގެ ވާހަަ އެންވަޔަރަމަންޓް މިނިސްޓަރާ ވިދާޅުވުމުން ކުޅުދުއްފުށީ އެއާޕޯޓުގެ އިންތިޒާރުގައި ތިބި މީހުން ނުރުހުން ފާޅުކުރަން ފެށިއެވެ.

މިއާއެކު މިނިސްޓަރު ވިދާޅުވެފއިވަނީ، އެއާޕޯޓް ބޭނުންކުރަން ސަރުކާރުގެ ވިސްނުން އެބައޮ އޮތް ކަމަށާއި، ކުޅި އޮވެގެން އެއާޕޯޓް ބޭނުން ނުކުރެވޭ ހާލަތަކަށް ނުދާކަމަށެވެ.

އެއާޕޯޓު ކުރިއަށް ގެންދާނެކަމަށްް ނިންމުމުން، ސޯޝަލް މީޑިއާގައި ވަނީ ސަރުކާރަށް ފާޑު ކިޔަން ފާށާފައެވެ.

މިގޮތުން އާދަމް އަބްދުﷲ ޓުވިޓާގައި ބުނެފައިވަނީ، ކުޅުދުއްފުށީ ކުޅީގެ ވާހަކައާއެކު އަބަދުވެސް ލާމަރުކަޒި ނިޒާމުގެ ވާހަކައާއި އެހެން ވާހަކަތައް ސަރުކާރުން ދައްކާކަމަށެވެ.

"މިނިސްޓަކަށް އަތް ދޮވެލައްވާފަ ވިދާޅެއް ނުވެވޭނެ ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބަައި ހިމާޔަތް ކުރުމަކީ އެ ރަށު ކައުންސިލްްގެ މަސްއޫލިއްޔަތެއްކަމަކަށް،" އާދަމް މުހައްމަދު މި މައްސަލާގައި ބުނެފައިވެއެވެ.

އަފާ ހުސޭން ކިޔާ ކުޅުދުއްފުށީ ކުއްޖަކު ބުނެފައިވަނީ "މެގަ ޕްރޮޖެކްޓް" ގެ ނަމުގައި ނިމިދިޔަ ސަރުކާރުން ދިން ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މި ސަރުކާރުން ފާޅުގަ މިކަމާ ދެބަސްވާން ޖެހޭނެކަމަށެވެ.

އަލީ ހަސަން ކިޔާ މީހަކު ވަނީ ގުދުރަތީ ތަރިކައެއް ނައްޔާލަން ފުރުސަތު ދެނީތޯ ދައުލަތުގެ އިސްވެރިންނާ ސުވާލުކޮށްފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ކުޑަހުވަދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ އަހުމަދު މުހައްމަދު (ފޯމީ) ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ހިއްކައިފިނަމަ ފޫ ނުބެއްދޭވަރުގެ ގެއްްލުމެއް ލިބޭނެކަމަށެވެ.

"އެއާޕޯޓު އެޅުމުން ބޮޑެތި ގެއްލުން ވަނީ ލިބިފަ. ދޫނި ނުޖައްސާ ގޮތަކަށް ކުޅި ހިމާޔަތެއް ނުކުރެވޭނެ. ތިޔަ އެއާޕޯޓުން އާންމު ރައްޔިތަކަށް ވާނެ ފައިދާއެއް ނެތް."

ކިޔުންތެރިންގެ ހިޔާލު