ސްކޯ: ޖުޑީޝަރީ 1- 1 ރައީސް ނަޝީދު

މާފުށީ ޖަލުގައި ބުރާސް ފަތި ދުވަހުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖުންތަކުގެ ސަބަބުން ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ "ބޮޑު ޒުވާބުގެ" ވާހަކަ އޮތީ ކޮންމެވެސް ވަރަކަށް ހިނދިފައެވެ.

މިވާހަކަ އަލުން ކުރި ފަޅަން ފަށާފައިމިވަނީ މިއަދު ދެ މުއައްސަސާއިން ވެސް ސިންގަލް ޔޫސް ޕްލާސްޓިކު ފުޅި ބޭނުން ކުރުން ކުއްލިއަކަށް ހުއްޓާލުމުންނެވެ. ،

ޕްލާސްޓިކު ފުޅި ބޭނުންކުުރުން ހުއްޓާލުމުގައި ވެސް މަޖިލީހާ ސުޕްރީމް ކޯޓުގެ ވާދަވެރިކަން އަލުން މިވަނީ ފެނިފައެވެ.

"ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމުގެގޮތުން، މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލީ" ސުޕްރީމް ކޯޓުން މިއަދު މެންދުރު ބުންޏެވެ.

ސުޕްރީމް ކޯޓުން ޕްލާސްޓިކު ފުޅި ބޭނުން ކުރުން ހުއްޓާލިކަން އިއުލާނު ކުރިއިރު، މަޖިލީހުގައި ރައީސް ނަޝީދު ވަނީ ސިންގަލް ޔޫސް ޕްލާސްޓިކު މަޖިލީހުން މަދުކުރުމަށް ދަރިވަރުންްތަކެއް ހުށަހެޅި ހުށަހެޅުން ބަލައިގަނެ މަޖިލީހުގައި ސިންގަލް ޔޫސް ޕްލާސްޓިކާއި ފުޅި ބޭނުން ކުރުން ހުއްޓާލާނެކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ސިންގަލް ޔޫސް ޕްލާސްޓިކު ފުޅި ބޭނުން ކުރުހުން ހުއްޓާލުމުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ސަމާސާގެ ރާގަކަށް ވިދާޅުވެފައިވަނީ،

ރައީސް ނަޝީދު އެވާހަކަ ދައްކަ ދައްކާ ހުއްނަވަނިކޮށް ކޯޓުން ކަންކަން ނިންމާލައިފި. ސްކޯއަކީ މުހައްމަަދު ނަޝީދު 0 ޖުޑީޝަރީ 1" ކަމަށެވެ."

އޭގެ އެއް ގަޑީރު ފަހުން ރައްޔިތންގެ މަޖިލީހުންް ސިންގަލް ޔޫސް ޕްލާސްޓިކު ފުޅި ބޭނުން ކުރުން ހުއްޓާލިކން އިއުލާނުކުރުމުން އަނެއްކާވެސްް ޝަމީމް ވަނީީ ސިޔާސީ މަޝްރަހުގެ ސްްކޯ ވިދާޅުވެ ދެއްވާފައެވެ. .

"ޕާލިމެންޓު ރެކްރިއޭޝަން ކުލަބުން ރައީސް ނަޝީދަށްޓަކައި ގޯލެއް ޖަހައިދީފި. މިހާރު ސްކޯއަކީ 1 - 1"

ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުން ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލާފައި މިވަނީ ރައްޔިތުންގެ މަޖިލީހާ ސުޕްރީމްކޯޓާ ދެމެމު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން އަށް ނުފޫޒު ފޯރުވުންް ހުއްޓާލުމަށާއި، އެ މަޖިލިހުގެ ދައުރަށް ހުރަސް ނޭޅުމަށް ގޮވާލާ ގަރާރުތަކެއް ފާސް ކޮށްފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖޭއެސްސީއަށް ހުށަހަޅަން ފާސް ކޮށްފައެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށްް މާދަމާއަށް އެޖެންޑާކޮށްފައެވެ.

މި މައްސަލަތައް ފެށުނީ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ގިނަ ތުހުމަތުތަކެއްގައި ސަސްޕެންޑު ކުރުމުންނެވެ. ސަސްޕެންޑު ކުރުމުން ވެސް ދީދީ ގެންދަވަނި ސުޕްރިމް ކޯޓުގެ ވަޒީފާއަށް ނުކުމެވަޑައިގަންނަވަމުންނެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގެއް ދަރުބާރުގޭގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވިއެވެ.

އެ ތަހުގީގު އާންމުކޮށް ހުޅުވާލުމުން ދީދީގެ މައްޗަށް ކުރާ ސީރިއަސް އެތައް ތުހުމަތެއްް ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި އެމްއެމް ޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކުރެވޭ މީހެއްގެ އަތުން ޑޮލަރު ހޯދުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތާ، ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި މީހެއްގެ ޖަލުން ދޫކޮށްލުމަށް އެހީތެރިވެދިންކަމުގެ ތުުހުމަތު ފަދަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ޖޭއެސްސީން ކުރާކަން ވަނީ ހާމަވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޖޭއެސްސީން މާދަމާ ކުރުމަށްފަހު ނިންމާ ނިންމުންތަކަކުން "ބޮޑު ޒުވާބު" އިތުރަށް ހޫނުވުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު