ސީސީޓީވީ ކެމެރާތައް ތަޅާލި ޖަލު ގޮޅިތައް ބަލައި ފާސް ކުރަނީ

ޖަލުގެ ކެމެރާތައް ތަޅައިފި ގޮޅިތައް ބަލައި ފާސް ކުރަން ނިންމާފައިވާކަމަށް ހޯމް މިނިސްޓްްރީން ހާމަކޮށްފިއެވެ.

މި މައްސަލަތައް ބެލުމަށް ނިންމާފައިވަނީ ކޮމިޝަނާ އޮފް ފްރިޒަންސް އާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްެރިޒަންްސް އާ، އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގައި ފުރިހަމައަށް ވީޑިއޯ އަދި އޯޑިއޯ ރިކޯޑު ކުރެވިގެންްކަމަށް ހޯމް މިިނިސްްޓްރީން ބުނެއެވެ. އަދި މި އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަންރައިޓްސް ކޮމިޝަނަށް ވަނީ ހުޅުވާލާފައެވެ.

ފާސްކުރާނެ ސީދާ ވަގުތެއް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މިނިސްޓްރީން ބުނެފައި 20 ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ކަންކަން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އެ ދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތަކުުގައި 'ރިމާންޑު ޖަލެއްްގައި ' ހުރި މީހަކު ވަނީ ޖަލުގެ އޮފިސަރަކަށް ހަމަލާދީފައެވެ.

ރިމާންޑު ޖަލުތަކުގައި ތިބީ މުއްދަތެއް ނެތް ގޮތަށް ހުކުމެއް ނުކޮށް ބަންްދުކޮށްފައިވާ މީހުންނެވެ. އޭގެ ތެރޭގައި ހަތް އަހަރު ވެފައި ތިބި މީހުން ވެސް އެބަތިބިކަމަށް ޖަލުތަކާ ބެހޭ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ރޭ މާފުށީ ޖަލުގައި ސީސީޓީވީތައް ތަޅާލީ ރިމާންޑު ގޮޅިއެއް ގައި ނޫންކަމަށް ހަބަރުތައްް ފެތުރެއެވެ.

ކިޔުންތެރިންގެ ހިޔާލު