ސުޕްރީމް ކޯޓުން ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުން ކުރުންް ހުއްޓާލައިފި

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމުގެގޮތުން، 2019 ޖޫން 23 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފިއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ފެން އަޅާ ރީޔޫސަބަލް ބިއްލޫރި ފުޅި މިހާރު ވަނީ ޙަވާލުކުރެވިފައެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ ގިނަ އިދާރާތަކުން އަންނަނީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލަލާ ޕްލާސްޓިކު ބޭނުން ކުރުންް ހުއްޓާލަމުންނެވެ.

އެންމެ ފަހުން ހުއްޓާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. އެގޮތުން ޖަމިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ކޮންމެ ސިޔާސީޕާޓީއަކަށް ފެން ބޯނެ ޖަގެއް ކަނޑައަޅުއްވާފައެވެ.

ސުޕްރީމް ކޯޓުން ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލާފައި މިވަނީ ރައްޔިތުންގެ މަޖިލީހާ ސުޕްރީމްކޯޓާ ދެމެމު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު