ކުރީގެ މަޖިލީހުން ހިފެއްޓި އިންޑިއާގެ އެއްބަސްވުންް މަޖިލިސް ތަޅުމަށް ފޮނުވަން ނިންމަައިފި

ޖިނާއީ ކަންކަމުގައި ދިވެހިރާާއްޖެއިން އިންޑިއާގެ އެހީ ހޯދުމަށް ދެގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުން ރައްޔިތުުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާން ރައްޔިތުންގެ މަޖިލީހުގެ ދާހިލީ އަދި ގައުމީ ސަލާމަތާ ބެހޭ ކޮެމެޓީީން ފާސް ކޮށްފިއެވެ.

އެ ކޮމެޓީން ނިންމީ 10 ދުވަހުގެ ތެރޭގައި މި އެއްބަސްވުން މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.

އެ މަސައްކަތް ކުރުމަށް ކުޑަ ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.

އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 5:00 ގައި އޮންނާނެއެވެ.

މި އެއްބަސްވުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް 18 ވަނަ ރައްްޔިތުންގެ މަޖިލީހުން އެޖެންޑާކުރި ނަމަވެސް އެކަން ކޮށްފައެއް ނުވެއެވެ.

މި އެއްބަަސް ވުމަކީ އިންޑިއާގެ ފަންނީ އެހިތެރިކަން ޓެރަރިޒާމައި ގުޅުންހުރި ކަންކަމުގައި ހޯދުމަށް ދެ ސަރުކާރު ދެމެދުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން ސޮއިކުރި އެއްބަސްވުމެވެ. އަދި ދެގައުމުގެ ކޯޓުން ކުރާ ހުކުމްތަކަށް އެއްގައުމުން އަނެއް ގައުމަށް އިހުތިރާމް ކުރުން ފަދަ ކަންކަން މި އެއްބަސްވުމުގައި ހިމެނެއެވެ.

"މި އެއްބަސް ވުމުގެ ސަބަބުން އެއް ގައުމުން ހިފަހައްޓާ މީހުން އަނެއް ގައުމަށް ފޮނުވުމަށް އެއްބަސްވުމާ. މިދޭތެރެއިން މިދިޔައީ ނޫންތޯ ބޭފުޅެއް ބޭސް ފަރުވާއަށް [އަދީބު]ފަދަ ބޭފުޅުން. ކޮމެޓީގެ މުގައްރިރު ބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ޕްރޮސެކިއުޓާ ޖެނެރަލްއާއި އޭޓާނީ ޖެނެރަލް ރުހުން ދޭން ނިންމާފައިވާ އެއްބަސްވުމެކެވެ.

ބޮޑެތި ޖިނާއީ ކުށްތަކެއްގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ހުންނެވީ އިންޑިއާގައި ބޭސް ފަރުވާއަށް ވަޑައިގެންނެވެ. އަދީބު މިމަހު 26 ގައި އެނބުރި ރާއްޖެ ގެންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު