"އިންސާނީ ކަރާމާތާއި ހައްގުތަކަށް އަރައިގަތް އޮފިސަރުންްނަށް ފުރިހަމަ އަދަބު ދޭންޖެހޭ"

ޖަލުތަކުގައި އަނިޔާކުރުން ނިމުމަކަށް ގެނެސް އިންސާނީ ކަރާމަތާއި އިންސާނީ ހައްގުތަކަށް އަރައިގަތް އޮފިސަރުންނަށް ފުރިހަމަ އަދަބު ދެން ޖެހޭކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މާފުށީ ޖަލުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ހަ ގައިދީއަކަށް އަނިޔާވެފައިވާކަމަށާއި، އެ ގައިދީންްނަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްްދުﷲ މިއަދު ވަނީ ވިދާޅުވެފައެވެ.

"އިރާދަ ކުރެއްވިޔާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަކަށް ކުރެންހުރި ހުރިހާ މަސައްކަތެއް ކުރާނެ،"

މި މައްސަލަތައް ބަލައި އެކަމުގެ ޒިންމާވާ މީހުންނާމެދު ފިޔަވަޅު އާޅާނެކަަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މިހާރު އެ މިިސްޓްރީން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަ ހަމަނުޖެހުންތަކާ ގުޅިގެން، ކަރެކްޝަންގެ ކޮމާންޑަރެއް ވަނީ ސަސްެޕެންޑު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް މިނިސްޓާ އިމްރާންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. އެ ބޭފުޅުން ހާޒިރުކުރާ ކޮމެޓީ ފަށާނީ މިޜޭ 20:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު