ގައިދީންގެ ބޯ ތުނިކޮށް ކޮށި އަދި ހަ ގައިދީއަކަށް އަނިޔާވި: މިނިސްޓަރު

މަފުށީ ޖަލުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށަފައިވާކަމަށާއި، ފުށީ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި އަނިޔާވި ގައިދީންނަށް އެކަށީގެންވާ ފަރުވާ ދީފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މިކަން ހާމަކުރެއްވީ ޖަލުގެ ހާލަތު ބައްލަވާ ލެއްވުމަށް މާއްފުއްޓަށް ޒިޔާރަތް ކުރުމަށްފަހު މީޑިއާއާށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓާ އިމްރާން ވިދާޅުވީ އަނިޔާވި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށެވެ.

ގައިދީންގެ ބޯ ތުނިކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، ގައިދީންގެ ބޯ ނުބާލާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ކުރިން ބުނެ މީޑިއާއަށް އޮޅުވާލަން މަސައްކަތް ކޮށްފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުންކަމަށް ބެލެވޭ ކަންކަމުގެ ތެރޭގައި ބިޑި އަޅުވަންޖެހޭ މިނަށްވުރެ ބާރަށް ބިޑި އެޅުވުމާއި ހާލަތާ ނުބައްދަލު މިންވަރަށް ޕެޕާސްޕްރޭ ޖެހުންވެސް ހިމެނޭ ކަމަށެވެ.

މި މައްސަލަތައް ބަލައި އެކަމުގެ ޒިންމާވާ މީހުންނާމެދު ފިޔަވަޅު އާޅާނެކަަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަ ހަމަނުޖެހުންތަކާ ގުޅިގެން، ކަރެކްޝަންގެ ކޮމާންޑަރެއް ވަނީ ސަސްެޕެންޑު ކޮށްފިއެވެ.

"މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާ ތަހުޤީގުކޮށް ނިމެންދެން އެމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރ ސަސްޕެންޑް ކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އަންގަވައިފި" ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް މިނިސްޓާ އިމްރާންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. އެ ބޭފުޅުން ހާޒިރުކުރާ ކޮމެޓީ ފަށާނީ މިޜޭ 20:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު