މިހާރަށްވުރެ ބޮޑަށް ދަރިވަރުންްނަށްް ފަންނުވެރިކަން އުގަންނައިދޭން އުންމީދުކުރަން: ޔުމްނަ

އުއްމީދަކީ ސްކޫލް މަދަރުސާތަކުގެ ތެރެއިން މިހާރަށްވުރެ ބޮޑަށް ފަންނުވެރިކަމުގެ ދާއިރާ ކުދިންނަށް އުނގަންނައިދެވިގެން ދިއުން ކަމަށް މިނިސްޓާ އޮފް އާޓްްސް އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްްޓާ ޔުމްނާ މިހެން ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ އާޓް އެގްޒިބިޝަނެއް ފަށައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

"މި ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން މި ގެންދަނީ މިރޮނގުން މިކަންކަން އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް ގެންދިއުމަށް"

މިއާޓް އެގްޒިބިޝަން ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00ން ރޭގަނޑު 11:00 އަށެވެ.

އާޓް އެގްޒިބިޝަންގައި ދަރިވަރުންނާއި އަދި ބެލެނިވެރިން ބައިވެރިވެފައިކޮށްފައިވަނީ ފަސް އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 7 އަހަރާއި 12 އަހަރާ ދެމެދު، 13 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 21 އަހަރާ ދެމެދު، 21 އަހަރާއި 25 އަހަރާ ދެމެދު އަދި 25 އަހަރުން މަތީގެ އުމުރުފުރާ ހިމެނެއެވެ. ބައިވެރިންނަށް އެގްޒިބިޝަންގައި ބައިވެރިކުރުމަށް ތަކެތި ހުށައެޅުމަށް އެއް މަސްދުވަހަށް ވުރެ ގިނަ ދުވަހުގެ މުހުލަތެއް ދިންކަމަށް އަމީނީއްޔާ ސްކޫލުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު