ޖަލު މައްސަލާގައި އިމްރާއާއި މުނާޒް މަޖިލީހަށް ހާޒިރު ކުރަނީ

ޖަލުތަކުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން އެ ކޮމެޓީން ފާސްކޮސްފިއެވެ.

ދެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައިވަނީ މިރޭ 8:30 އަށެވެ.

މިއަދު މެންދުރު 2:00 ގައި ބޭއްވި ކޮމެޓީގައި މި ދެ ބޭފުޅުން މިރޭ ހާޒިރުކުރަން ހުށަހެޅުއްވީ އެ ކޮމެޓީގެ މެމްބަރު ހަސަން އަފީފްއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މާފުށީ ޖަލުގައި ހިނގަމުން އަންނަ ހަމަނުޖެހުމުގައި އޮފިސަރުންނާއި ދެމެދު ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުންނެވެ. އެ ދުވަހު ގައިދީންނާއި އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި އަނިޔާވި އޮފިސަރެއް އިތުރު ފަރުވާއަށް ފާފުށިން މާލެ ގެނައެވެ.

އަދި ހުކުރު ދުވަހުގެ ރޭ ހިނގި ހަމަނުޖެހުންްތަކެއްގައި ގައިދީއަކަށް އަނިޔާވެފައިވާކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ހަބަރުތައް ފެތުރެމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަދި ކޮމިޝަނާ މުނާޒް މިއަދު ވަނީ މާފުށީ ޖަލަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު