ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބާއްވާ ކޮމެޓީ ފަސްކޮށްފި

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު 11:00 ގައި ބޭއްވުމަށް ނިންމި ކޮމެޓީ މިއަދު މެންދުރު 14:00 އަށް ފަސްކޮށްފިއެވެ.

މި ކޮމެޓީ ފަސްކޮށްފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހޯމް މިނިސްޓްރީއާއި ކަރެކްޝަންގެސް އިސްވެރިން މިއަދު ހެނދުނު ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންގެ ބޯ ބޭލިކަމަށް ބުނާ ވާހަކަ އެ ސާވިސް އިން ވަނީ ދިގުކޮށްފައެވެ.

އިއްޔެއާ މިއަދު ރާއްޖޭގެ ބައެއް ނޫސް ތަކުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ގައިދީންނަށް އަނިޔާކޮށް ބޯބާލާ ހަދާފައިވާ ކަމަށެވެ.

ނަމަވެސް ކަރެކްޝަންސްގެ އޮފިސަރެއް މިދައު ވިދާޅުވީ "ބޯ ބޭލުންފަދަ ލާއިންސާނީ އަމަލު ނުހިނގާ" ކަމަށެވެ.

ބުރާސްފަތިދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޙާލަތާނުބައްދަލު ބާރުގެ ބޭނުންކުރުމުން ޤައިދީންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ހޯމް މިނިސްޓްރީންވަނީ ބުނެފައެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ހޯމް މިނިސްޓްރީން ބުނެފައިވަނީ ބައެއް ޤައިދީންނަށް އެކިވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާކަމަށެވެ. އަދި ޖަލުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ޤައިދީންނަށް އަނިޔާ ވެފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ބުރާސްފަތި ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ޤައިދީންނަށް އަނިޔާކޮށް ގަދަކަމުން އެމީހުންގެ ބޯބާލުވައި، ޕެޕަރ ސްޕްރޭ ޖަހާފައިވާކަމަށް އަޑުފެތުރުނެވެ.

ކިޔުންތެރިންގެ ހިޔާލު