ސްޓޭޓް މިނިސްޓަރު މުޙައްމަދު ޝާފިޢީ އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު މުޙައްމަދު ޝާފިޢީ އިސްތިއުފާ ދެއްވައިފިއެވެ.

ޝާފިޢީ އަކީ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ. އޭނާ އަކީ ކޮމްޕިއުޓާ ސައިންސުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ 25 ބުރީގެ އިމާރާތް އެޅުމުގައި ހިމެނޭ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ކުންފުނީގެ ސޮފްޓު ވެއާއެއް ސަރުކާރުން ބޭނުންކުރަން ނިންމުމާގުޅިގެން އޭނާ ހިތްހަމަނުޖެހުން ފާޅު ކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އޭނާ ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން މި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު