ހއ. އަތޮޅުގެ ރަށްތައް ސްޕީޑް ފެރީން ހޯރަފުއްޓާ ގުޅާލައިފި

ހއ. ހޯރަފުށީ ސްޕީޑް ފެރީގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާޙުކޮށްދެއްވައިފިއެވެ. 

ހއ. ހޯރަފުށީގައި ފެށި ސްޕީޑް ފެރީގެ ނިޒާމަކީ އެމްޓީސީސީއިން ހއ އަދި ހދ އަތޮޅުގައި ހިންގާ ސްޕީޑް ފެރީގެ ނިޒާމުގެ ދަށުން ފެށި ޚިދުމަތެކެވެ.

 ހއ. ހޯރަފުށީގައި ފެށި ސްޕީޑް ފެރީގެ ނިޒާމުގެ ދަށުން ހަފްތާއަކު ހަދުވަހު ހއ. ހޯރަފުށިން ހއ. އިހަވަންދޫއާ ދިއްދޫ އަދި ހދ. ހަނިމާދޫ އެ އަތޮޅު ކުޅުދުއްފުށްޓަށް ދަތުރުކުރާނެކަމަށެވެ. ނާޒިމް ވިދާޅުވީ ހއ އަދި ހދ އަތޮޅަށް ސްޕީޑް ފެރީގެ ޚިދުމަތް ފެށީ އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިންކަމަށެވެ. އެގޮތުން މި ފެރީގައި ދަތުރުކުރުމަށް ނަގާނީ 150 ރުފިޔާއާއި 200 ރުފިޔާގެ އަގެއްކަމަށް އެމްޓީސީސީން ބުނެއެވެ

ހޯރަފުށީގައި އެއާޕޯޓު އެޅުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު