ވަކީލުކަމުގެ ހުއްދަ 28 މީހަކަށް ދީފި

28 ފަރާތަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ރޭ ދީފިއެވެ.

މިރޭގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އެވެ.

މި ރަސްމިއްޔާތުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހްމަދު ޢަބްދުﷲ ދީދީ އެވެ.

ކިޔުންތެރިންގެ ހިޔާލު