"މާފުށީ ޖަލުގައި މިއަދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި"

"މާފުށީ ޖަލުގައި މިއަދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ ‏މިއަދު މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާ އާގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަހުމަދު މުހައްމަދު( ދޮނާ) މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށް، މިހާދިސާއާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް ފައިވާކަމަށެވެ.

މިހާދިސާގައި ގައިދީއަކު އިސްވެ އޮފިސަރަކަށް ހަމަލާދީފައިވާކަމާއި ‏އަދި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާނުބައްދަލުމިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ގައިދީއަކު އޮފިސަރަކަށް ހަމަލާ ދީގެން އިތުރު ފަރުވާއަށް މާލެ ގެންނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިރޭ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު