"އަފްރާޝީމް އަވަހާރަކޮށްލީ ޕީޕީއެމްގެ ރިޔާސީ ޓިކެޓުގެ މައްސަލާގައި"

އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރުވީ ރައީސް އަބްދުﷲ ޔާމިންއާއި ރައިސް މައުމޫން އަބްދުލްގައްޔޫމް އާއި ދެމެދު ޕީޕީއެމްގެ ރިޔާސީ ޓިކެޓާމެދު އުފެދުނު ހިޔާލުތަފާތުވުމުންގެ ތެރެއިން ކަމަށާއި ޑރ. އަފްރާޝީމަށް ވީގޮތް ހުސެން ހުމާމްއަށް ނޭގޭނެކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދަރުވަމުން އަންނަ އޯޑިއޯގައި ވާހަކަ ދައްކަވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސާއީދު ކަމަށް އެ އޯޑިއޯ ލީކު ކުރި މީހުން ބުނެއެވެ.

މި މައްސަލާގައި ހުމާމުގެ އާއިލާއިން ވަނީ ބަޔާނެއް ވެސް ނެރިފައެވެ. އެ ބަޔާނުގައި ވަނީ އޯޑިއޯގައި ޑރ. އަފްރާޝީމް އަލީގެ މަރާގުޅޭގޮތުން ދެކެވޭ ވާހަކަތައް ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ލީކުވެފައިވާ އޯޑިއޯގައި އަބްދުﷲ ސައީދު ކަމަށް ބެލެވޭ މީހާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމް އާއި ކުރީގެ ރައީސް ޑރ.ވަހީދު ވެސް އޭނާ ބުނުއްވި ގޮތް ހެއްދެވި ކަމަށާއި ނަމަވެސް ޔާމީން އޭނާ ދެއްވި ލަފަޔާ އެއްގޮތަށް އަމަލު ނުކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން ބުނިގޮތް ހެދިނަމަ ޔާމީން ސަލާމަތްވާނެ. ޔާމީން ހީކުރީ ޔާމީން ވަރުގެ ވަރުގަދަ މީހެއް ނެތް ކަމަށް. ޔާމީނަށް ނޭނގޭ މަގާމަށް އާދެވުނު ގޮތެއް ވެސް"

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލައްވާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުއްވާ، ގޭގެ ސިޑިގޮޅިމަތީގައި 2012 ވަނަ އަހަރުގެ އޮކްޓޫބަރު 2 ވަނަ ދުވަހުގެ މެންދަމުއެވެ. ޑރ އަފްރާޝީމް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސްް ވަނީ އަވަހާރަވެފައެވެ. ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ ސިޔާސީ މަގުސަދެއްގައި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޔާމީން

    ޢަހަރެންގެ ނަން ކުރީގެ ރައީސް އަށް ކިޔާތީވެސް ލަދުގަނޭ. .