"ގާނޫނަށް ބަދަލު ގެނެސްގެން ވޯޓު ގަތުން ހުއްޓުވަންޖެހޭ"

ގާނޫނަށް ބަދަލު ގެނެސްގެން ވޯޓު ގަތުން ހުއްޓުވަން ޓްރާންސްޕޭރަންސީ މޯލްޑިވްސް، ޓީއެމް އިން އިލްތިމާސްކޮށްފިއެވެ.

އެ ޖަމިއްޔާއިން މިގޮތަށް އިލްތިމާސް ކޮށްފައިވަނީ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވު ކުރުމަށްފަހު އެކުލަވާލާ އާންމު ކުރުމަށް ތައްޔާރުވަމުން އަންނަ ރިޕޯޓުގައެވެ.

މި ރިޕޯޓު އެކުލަވަލާނީ ހަތަރު ބައެއްގެ މައްޗަށް ބަހާލައިގެންނެވެ. އެއީ އިންތިހާބު ކުރިއަށް ދިޔައިރު ސިޔާސީ މާހައުލު އޮތްގޮތާ، އިދާރީ ކަންކަން އޮތް ގޮތާ، އިންތިހާބީ މާހައުލު އޮތް ގޮތާއި، އަދި އިންތިހާބުގެ ދުވަހު ކަންތައްތައް ކުރިއަށް ދިޔަގޮތަށެވެ.

މިގޮތުން ރިޕޯޓުގެ އިންތިހާބީ މާހައުލާ ގުޅޭގޮތުން ރިޕޯޓުގައި ހިމެނުމަށް ހަމަޖެހިފައިވާ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓީއެމްގެ ރިސާޗް އެންޑް އޮޑްވަކަސީ މެނޭޖާ, ފަޒްލާ އަބްދުއްސަމަދު ވިދާޅުވީ، އިންތިހާބާ ދިމާކޮށް ދައުލަތުގެ މުދާ ނަހަމަގޮތުގައި ހުރިހާ ސަރުކާރަކުންވެސް ބޭނުންކުރާކަމަށެވެ.

"ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާތާ ޒަމާންތަކެއް ވެއްޖެ"

އިންތިހާބީ މާހައުލާ ގުޅޭގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި މިއޮތީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ވެސް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މައްސަލައެވެ.

"މިކަމަކީ 2008 ވަނަ އަހަރު އަޅުގަނޑުމެން އޮބްޒާވް ކުރަންް ފެށީއްސުރެ ކުރަމުންއަންްނަކަމެއް. ހުރިހާ ސަރުކާރަކުން ވެސް ކުރާކަމެއް. މީގެ ތެރެގަ އެބަ ހިމެނޭ ދައުލަތުގެ ވަސީލަތްތައް ކެމްޕޭނު ތެރޭގަ ބޭނުންކުރުމާ. ވަސީލަތްތައް މިސާލަކަށް ރިސޯސްތަކާ ވެހިކަލްތައް ބޭނުންކުރުން ހިމެނޭ. އިންތިހާބާއި ގާތްކޮށް ތަރައްގީގެ މަޝްްރޫތައް ފެށުމާއި އެފަދަ މަޝްރޫތައް ނިންމުން އިއުލާނު ކުރުންވެސް ހިމެނޭ،"

ޓީއެމްގެ ފަރާތުން މި މައްސަލާގައި ކޮށްފައިވާ ފުރަތަމަ ރިކޮމަންޑޭޝަން ނުވަތަ އިލްތިމާސްއަކީ ކެމޕޭނުތެރޭގާ ސަރުކާރުގެ ޕްރޮޖެކުޓައް ފަށަން އިއުލާނުކުރުން ހުއްޓުވުމާ، ޕްރޮޖެކްްޓުތަކުގެ ނިންމުން ކެމްޕޭނުތެރޭގައި އިއުލާނުކުރުން ގާނޫނުތަކަށް ބަދަލުގެނެސްގެން މަނާކުރުމެވެ.

ދައުލަތުގެ މުއައްސަސާތަކުނާއި މަދަނީ ޖަމިއްޔާތަކުން ކުރިއަށްް ގެންދާ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްްތަކުގައި "ވޯޓުގަތުމާ ވޯޓު ވިއްކުން" ހިމަނައިގެން އެކަމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ވަނީ ރިކޮމަންޑު ކޮށްފައެވެ.

އަދި މިފަދަ މައްސަލަތައް މީޑިއާތަކުގައި ރިޕޯޓުކުރާ މިންވަަރު އިތުރުކުރުމަށްވެސް ޓީީއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޓްރާންސް ޕޭރަންސީ މޯލްޑްވްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 37 ޕަސަންޓު މީހުންނަށް ވޯޓު ގަތުމަށް ފައިސާ ނުވަތަ ހަދިޔާ ދިނުމަށް ހުށަހަޅާފައިވެއެވެ. ނުވަތަ އެމީހުންގެ އާއިލީ މީހަކަށް/ މީހަކަށް ވޯޓު ވިއްކާލުމަށް ފައިސާ ނުވަތަ ހަދިޔާ ދިން މަންޒަރު ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު