ގައިދީއަކު އޮފިސަރަކަށް ހަމަލާ ދީގެން އިތުރު ފަރުވާއަށް މާލެ ގެންނަނީ

ގައިދީއަކު އޮފިސަރަކަށް ހަމަލާ ދީގެން އިތުރު ފަރުވާއަށް މާލެ ގެންނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ.

‏މާފުށި ޖަލުގައި މިއަދު ޤައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަގެންދޭ. ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލުގެ ހާލަތު މިވަގުތުވަނީ އާންމު ހާލަތަކަށްގެނެވިފަ.

ކަރެކްޝަނުން ބުނެފައިވެއެވެ.

މިހާދިސާ ހިގީ ކީއްވެކަމެއް އަދި ކަރެކްޝަނުން ހާމައެއް ނުކުރެއެވެ. އެ ސާވިސް އިން ބުނެފައިވަނީ ޖަލުގެ ހާލަތު އާންމު ހާލަތަކަށް އައިސްފައިވާކަމަށެވެ.

މި މައްއސަލަ ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްްސް ކޮމިޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު