ފެމެލީ ކޯޓުގެ ލީގަލް އޮފިސަރަކު ވެސް ޖިންސީ ފުރައްސާރަ ކުރި

ފެމެލީ ކޯޓުގެ ލީގަލް އޮފިސަރަކު ވެސް ޖިންސީ ފުރައްސާރަ ކުރި ކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެމެލީ ކޯޓުން ނެރުނު ނޫސް ބަޔާނެއް ގައި ބުނެފައިވަނީ ކޯޓުގެ ލީގަލް އޮފިސަރު އަލީ ސަޢީދު މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެގެން ކަމަށެވެ.

އޭނާ ވަޒީފާ އިން ވަކިކުރީ އެމައްސަލަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތަހްގީގު ކުރުމަށް ފަހު، އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް މައްސަލަ ބެލި ކޮމިޓީ އިން މިމަހުގެ 13 ގައި ނިންމާފައި ވާތީ ކަމަށް ވެސް ފެމެލީ ކޯޓުން ބުނެއެވެ.

ފެމެލީ ކޯޓުން މިހެން ބުނެފައިވާ އިރު ކ. އަތޮޅު ކޯޓު ތަކުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ވެސް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ކ. އަތޮޅުގެ ބައެއް ކޯޓިތަކުގެ އަންހެން މުވައްޒަފުން ވަނީ އޭނާގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން އަށް ހުށަ ހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު