ރިލްވާން ގެއްލުވާލި މީހުން ފަނޑިޔާރު ޑީޑީ ދޫކޮށްލެއްވިކަމުގެ ތުހުމަތު ކޮށްފި

ރިލްވާން ގެއްލުވާލި މީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ( ޑީޑީ )ދޫކޮށްލެއްވިކަމުގެ ތުހުމަތު ކޮށްފިއެވެ.

މި ތުހުމަތު ތައް ފަނޑިޔާރުގެ މައްޗަށް ކޮށްފައިވަނީ މިހާރު ކުރިއަށްދާ ޖުޑިޝަލް ސާވިސް ކޮމިޝަން ގެ ތަހުގީގުގައެވެ.

މީގެ އިތުރުން އިތުރު ފަސް މައްސައެއްގެ ތުހުމަތު ޑީޑީގެ މައްޗަށް ވަނީ ކޮށްފައެވެ.

ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ވިދާޅުވަނީ މިހާރު ކުރިއަށް ގެންދާ ތަހުގީގަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި ބައެއް މީހުންގެ އަތުން ފަނޑިޔާރު ޑީޑީ ފައިސާ ހޯއްދަވާފައިވާކަމަށް ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެއް ކަމަށެވެ.

އަދުގެ ތަހުގީގަށް ޖަވާބުދާރީވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ޑީޑީ ވަނީ މިއަދު ވިދާޅުވެފައެވެ.

މިއަދު ޑީޑީއާ ދެކޮޅަށް ހިނގާ ތަހުގީގަށް ފަސް ޑޮކިއުމަންޓެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑީޑީ އަށް ރިސްވަތުގެ ދިނުމަށް ކޮށްފައިވާ މެސެޖު ތައް ހިމެނެއެވެ.

މިއަދުގެ ޖޭއެސްސީ ގެ ތަހުގީގީ އަޑުއެހުން ނިންމާލީ ފަނޑިޔާރު ޑީޑީ އަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު