ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވެނީ ޓެސްްޓުގައި ކޮޕީކުރި މެޖިސްޓްރޭޓަށް

ގދ. ގައްދޫ ކޯޓްގެ ސީނިއާ މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވިއިރު ޓެސްޓުގައި ކޮޕީ ކުރިކަމުގެ ތުހުމަތުގައި އޭސީސީން ޖޭއެސްސީއަށް 2013 ވަނަ އަހަރު ޖޭއެސްސީއަށް މައްސަލަ ފޮނުވި މެޖިސްޓްރޭޓު މުހައްމަދު ރާޣިބު އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާކަމށް ތުހުމަތުކޮށް ޖޭއެސްސީއަށް އާ މައްސަލައެއް މިއަދު ވައްދައިފިއެވެ.

މުހައްމަދު ރާޣިބު އަހުމާދާ މެދު ފިޔަވަޅު އަޅަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2013 ވަނަ އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވާފައިވީނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް ޖޭއެސްސީން ނާޅައެވެ. .

އޭނާއަށް ފިޔަވަޅު އަޅަން އެދުނީ ޝަރީއަތާއި ގާނޫނު ޑިޕްލޮމާ ކޯހުގެ އިމްތިހާނުގައި މަކަރު ހެދުމުގެ ސަބުން ކޯހުން ވަކިކޮށްފައި ވަނިކޮށް ކުއްލިއްޔާގެ ދަރިވަރުންގެ ގަވައިދާ ހިލާފަށް އަލުން ކޯހުގައި ބައިވެރިކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

އޭސީސީން މައްސަލަ ނިންމި އިރު ދެބައެއް ނިންމާފައި ވެއެވެ. އެއީ މައްސަލައިގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް ހިނގި ބަޔާއި ހިންގި އަމަލާމެދު ކުރި ތަހުގީގެ އެވެ. އޭސީސީން ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ގައިވާ ގޮތުގެ މަރިން ރާޣިބު ޓެސްޓ ހަދަން އިނީ ޖަވާބު ކަރުދާހެއް ހިފައިގެންކަން އޭނާގެ ތަހުގީގު ބަޔާނާއި އިންވިޖިލޭޓަރާއި ކުއްލިއްޔާގެ އެކަޑަމިކް ބޯޑުގެ މެންބަރުންގެ ބަހުން ސާބިތުވާތީ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުގެ އުސޫލު ތިނެއްގެ 3.1 އާއި 3.2 ގައި ފަނޑިޔާރުންގެ ސްލޫކް ބަހައްޓަން ވާނީ އެ މީހުންގެ ތެދުވެރި ކަމާއި އިހުލާސްތެރި ކަމާއި އަމާނާތްތެރި ކަމާމެދު އާންމުންގެ މެދުގައި އިތުބާރު ކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައިވާއިރު ރާޣިބުގެ އެ އަމަލަކީ އެ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެހެން ކަމުން އެކަން ތަކުރާރުނު ނުވާނެހެން ރާޣިބަށް ޔަވަޅު އަޅައި ދިނުމަށް ޖޭއެސްސީއަށް ފޮނުވީ ކަމަށެވެ.

ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.

ރާޣިބުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ އަންހެން މުވައްޒަފުންނާ މާ ބޮޑަށް ގައިގޯޅިވާ ކަމަށް ތުހުމަތުކޮށެވެ.

މައްސަލަ ހުށަހަޅާފައިވަނީ ކ. ޖުޑީޝަލް ދާއިރާގެ ބައެއް ކޯޓް ތަކުގެ ބައެއް އަންހެން އަންހެން މުވައްޒަފުންނެވެ.

އަންހެން މުވައްޒަފުންގެ ގައިގައި އަތްލާ ހަދާ ކަމަށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ތުހުމަތުކޮށްފައިވެއެވެ.

ރާޣިބު އަކީ މިހާރު ކ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ. އޭގެ ކުރިން އޭނާގެ މައްޗަށް ޓެސްޓުގައި ކޮޕީ ކުރިކަމުގެ ތުހުމަތު ކުރެވިފައިވަނިކކޮށް އޭނާ ވަނީ ވ. އަތޮޅުގެ އިސް މެޖިސްޓްރޭޓުކަމަށް ބަދަލުކޮށްފައެވެ.

ގދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ބަދަލުކުރެއްވި ނަމަވެސް އޭނާއާ ބެހޭ ގޮތުން ބަލަމުންދާ ޝަކުވާއަށް އެކަމުގެ އަސަރު ނުފޯރާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ 2013 ވަނަ އަހަރު ބުނެފައެވެ.

މި ފަނޑިޔާރާއި ގުޅޭ ދެ މައްްސަލައެއް ބެލުމަށް އަންނަކަމަށް ޖޭއެސްސީން ވަނީ މިރޭ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު