ދެ ފަނޑިޔާރުންގެ މައްސަލަ ވެސް ކުރިއަށް ގެންދާނީ ހުޅުވާލައިގެން

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާގުޅިގެން ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުންގެ މައްސަލަވެސް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ނިންމައިފިއެވެ.

ޖޭއެސްސީން ޖޫން މަހުގެ 12 ވަނަ ދުވަހު ސަސްޕެންޑުކުރި ސުޕްރީމް ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފެމިލީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ގެ ތަހުގީގު ހުޅުވާލައިގެން ކުރިއަށް ގެންދަނީ ދެ ފަނޑިޔާރުން ވެސް އެގޮތަށް އެދިފައިވާތީއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނު 10:00 އަށް ދަރުބާރުގޭގައެވެ.

އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު 9:00 ގައި ހުޅުވާލާނެއެވެ.

ނަމަވެސް ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ އަދި އެޖެންޑާއެއް ނުކުރެއެވެ.

ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކަށް ވަނުމުގެ ފުރުސަތު ވީހާވެސް ގިނަ އާންމުންނަށް ދޭނެކަމަށް ޖޭއެސްސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު